މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ފުވައްމުލަކުގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި މީހާ ނިޔާވެއްޖެއެވެ.

ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ، ފާރެއްގައި ޖެހި ހިނގައިދިޔަ މި އެކްސިޑެންޓުގައި އަނިޔާވި 30 އަހަރުގެ ފިރިހެނަކަށެވެ. އެ މީހާއަށް ފުވައްމުލަކު ހޮޮސްޕިޓަލުން ފަރުވާ ދިނުމަށް ފަހު، އިތުރު ފަރުވާއަށް މާލެ ގެނެސް ފަރުވާދެމުން އައީ އައިޖީއެމްއެޗުގައެވެ. އޭނާާ ނިޔާވީ އައިސީޔޫގައި ފަރުވާާ ދެމުން ދަނިކޮށެވެ.

އައިޖީއެމްއެޗުން ވަނީ އެމީހާ ނިޔާވިކަން ކަށަވަރުކޮށްދެއްވައިފައެވެ. ހޮސްޕިޓަލުން ވިދާޅުވީ އޭނާ މަރުވީ މިއަދު ހެނދުނު 8:30 ހާއިރު ކަމަށެވެ.