ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ގޮނޑިއެއް ކާމިޔާބު ކުރެވޭ ހިސާބަށް އެމްޑީޕީ، ފިޔަވައި އެހެން ޕާޓިއަކަށް އަދި ނާދެވޭ ކަމަށް އެ ޕާޓީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އިންތިހާބެހޭ ގޮތުން އެމްޑީޕީން ކުރިއަށް ގެންދާ ކަންތައްތަޚާބެހޭ މައުލުމާތު ދިނުމަށް މިއަދު ބޭއްވި ނިއުސް ކޮންފަރެސްގައި، ރައީސް ނަޝީދު ވިދާޅުވީ، މި އިންތިހާބުގައި 982 ގޮނޑި ހިމެނޭއިރު، އޭގެ ތެރެއިން 877 ގޮނޑިއަށް އެމްޑީޕީން ކުރިމަތިލާ ކަމަށެވެ. އަދި ބައެއް ގޮނޑިތަކަށް އެމްޑީޕީން ކުރިމަތި ނުލި ނަމަވެސް އެއްވެސް ޕާޓީއަކާ އެމްޑީޕީން އިއްތިހާދު ހަދާފައިނުވާ ކަމަށް ވިދާޅުވުވިއެވެ.

“އެއްވެސް ޕާޓިއަކާ އަޅުގނޑުމން އިއްތިހާދެއްނުވަން. އަދި އަޅުގަނޑުމެން އިއްތިހާދު ވާކަށްވެސް ނުޖެހޭ،” ރައީސް ނަޝިދު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، މާލެ އާއި ރާއްޖެ ތެރޭގެ ރަށްރަށަށްވެސް ހައްލު ގެނެސްދެވޭނީ އެމްޑީޕީއަށް ކަމަށެވެ. އެހެން އެއްވެސް ޕާޓިއަކަށް އެކަން ކޮށްނުދެވޭނެ ކަމަށްވެސް ވިދާޅުވިއވެ.

ރައީސް ނަޝީދު ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީ ފިޔަވައި އެހެން ޕާޓީއަކަށް ތާއީދު ނެތް ކަމަށެވެ. ހަމައެކަނި މާލެއަށް ބެއްޔަސް އިންތިހާބުގައި މާލޭގެ 18 ގޮނޑިއާއި މާލޭސިޓީ މޭޔަރުގެ ގޮނޑި އެމްޑީޕީން ކާމިޔާބު ކުރާނެ ކަމަށްވެސް ރައީސް ނަޝިދު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، މާލޭން އެމްޑީޕީއަށް 35،000 ވޯޓު ލިބޭނެ ކަމަށެވެ.