ދުއާއަކީ ކޮވިޑް-19ގެ ވެކްސިނާއެކު އުފާވެރި ދިރިއުޅުމަކަށް އެނބުރި ދިއުންކަަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

މާދަމާ ރާއްޖޭގައި ކޮވިޑް-19ގެ ވެކްސިން ދިނުން ފަށާއިރު، ރައީސް ކުރެއްވި ޓްވީޓެއްގައި ވަނީ، މި ވެކްސިނާއެކު އުފާވެރި ދިރިއުޅުމަކަށް އެނބުރި ދިއުމުގެ ހެޔޮ ތައުފީޤު ދެއްވުން އެދި ދުޢާކުރައްވާފެވެ.

މާދަމާ ވެކްސިން ދޭން ފަށާއިރު މާލެ ސަރަހައްދުން ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ އައިޖީއެމްއެޗް އާއި ހުޅުމާލެ ހޮސްޕިޓަލާއި، ވިލިމާލެ ހޮސްޕިޓަލާއި އޭޑީކޭ ހޮސްޕިޓަލާއި ޓްރީޓޮޕް ހޮސްޕިޓަލުގައެވެ.

އައްޑޫ ސިޓީން ވެކްސިން ދޭނީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުންނެވެ. ކުޅުދުއްފުށިން މިވެކްސިން ދޭނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުންނެވެ.