ރާއްޖެއިން ކޮވިޑް ޖެހިގެން އިތުރު މީހަކު މަރުވެއްޖެ އެވެ.
މަރުވެފައި ވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި މި ބައްޔަށް ފަރުވާ ހޯދަމުން ދިޔަ އުމުރުން 88 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މިއީ މި ބަލީގައި ރާއްޖެއިން މަރުވި 52 ވަނަ މީހާ އެވެ.
މިދިޔަ އާދިއްތަ ދުވަހު ވެސް ވަނީ ކޮވިޑް ޖެހިގެން 86 އަހަރުގެ ދިވެހި ފިރިހެނަކު މަރުވެފައެވެ. މި ބަލީގައި ރާއްޖޭގައި މަރުވެފަައިވަނީ 45 ދިވެހީންނާއި ހަތް ބިދޭސީންނެވެ. މަރުވި ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ ހަ މީހަކާއި ފިލިޕީންސް މީހެކެވެ.
މި ބަލީގައި ރާއްޖެއިން އެންމެ ފުރަތަމަ މީހަކު މަރުވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހު އެވެ. ފަހަކަށް އައިސް ކޮވިޑްގެ ކޭސްތައް އިތުރުވަމުން ދާތީ އެޗްޕީއޭގެ ގައިޑްލައިންތަކަށް ތަބާވުމުގައި ޚާއްސަ ސަމާލުކަމެއް ދިނުމަށް ޑޮކްޓަރުން އަންނަނީ އިލްތިމާސް ކުރަމުންނެވެ.