ހުޅުމާލެ ފޭސް ދޭއް ޕޮލިސްގެ އިންވެސްޓިގޭޝަނުން ތަހުގީގުކުރަމުންދާ މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި 3 މީހަކު ހޯދުމަށް ފުލުހުން އިއުލާނުކޮށްފިއެއެވެ.
ފޮޓޯހާމަކޮށް އިއުލާންކޮށްފައިވާ މީހުންނަކީ:
- ހާޒިރުވާންވީ ފަރާތުގެ ފުރިހަމަ ނަމާއި އެޑްރެސް އަދި އުމުރު: ބ. ގޮއިދޫ / ހީނާމާގެ، އަޙްމަދު ޔާނިސް (27އ) އައިޑީ ކާޑު ނަންބަރު: A164906
- ހާޒިރުވާންވީ ފަރާތުގެ ފުރިހަމަ ނަމާއި އެޑްރެސް އަދި އުމުރު: ކ. މާލެ / އަނދުންގެ، އިބްރާހީމް ޝަމީމް (60އ) އައިޑީ ކާޑު ނަންބަރު: A042787
- ހާޒިރުވާންވީ ފަރާތުގެ ފުރިހަމަ ނަމާއި އެޑްރެސް އަދި އުމުރު: އއ. ފެރިދޫ / ބަހާރީގެ، މުޙައްމަދު ޝާން (29އ) އައިޑީ ކާޑު ނަންބަރު: A370382
ފުލުހުން ބުނީ އެމީހުން ހާޒިރުކުރަނީ މައްސަލައިގެ ތަހުގީގަށް، ސުވާލުކުރުމަށްކަމަށެވެ. އަދި ހާޒިރުވާން ޖެހޭނީ ހުޅުމާލެ ފޭސް ދޭއް ޕޮލިސް ސްޓޭޝަން / 2024 ޖަނަވަރީ 31 ވަނަ ދުވަހުގެ 10:00އަށް ކަމަށްވެސް ބުންޏެވެ.