އިންޑިއާގައި ބޭއްވި އިވެންޓެއްގައި 4.57 މީޓަރު (15 ފޫޓު) އުސްތަނަކުން ވެއްޓި ޓެކް ކުންފުންްޏެއްގެ ސީއީއޯ މަރުވެއްޖެއެވެ.

ޓައިމްސް އޮފް އިންޑިއާ އިން ބުނެފައިވާ ގޮތުގައި މި ހާދިސާގައި މަރުވީ ވިސްޓެކްސްގެ ސީއީއޯ ސަންޖޭ ޝާހާއެވެ. އޭނާ މަރުވީ އިވެންޓުގައި ހޫނު ވައިގެ ބެލޫނެއްގެ ގޮންޑޯލާ ފަދަ ގޮތަކަށް ފަރުމާކޮށްފައިވާ ދަގަނޑު ކޭޖެއްގެ ސްޓޭޖެއްގެ މައްޗަށް ތިރިކުރަމުން ދިޔަ ވަގުތު ކޭބަލް އެއް ކަނޑައިގެން ގޮހެއެވެ. މި ކޭޖް ވެއްޓުނު ވަގުތު ކޭޖްގައި ހުރި ސަންްޖޭގެ އިތުރަށް އެ ކުނފުނީގެ އިސްވެރިއެއް ކަމަށްވާ ވިޝްވަނަންތު ރާޖޫ ވެސް ވެއްޓުނެއެވެ. އަދި އޭނާއަށް ވެސް ވަނީ ބޮޑެތި އަނިޔާތަކެއް ތަކެއް ލިބިފައެވެ.

ސަންޖޭ ހޮސްޕިޓަލުގައި ލިބުނު އަނިޔާތަކުގެ ސަބަބުން މަރުވިއިރު ވިޝްވާނާތަށް އެތައް އަނިޔާތަކެއް ލިބި އޭނާގެ ފުރާނައަށް ނުރައްކާ ތަކެއް ވިނަމަވެސް މިހާާރު އޭނާގެ ހަލަތު ރަނގަޅެވެ.

އެ ކުންފުނިން ވަނީ އެ ތަނުގައި ސަލާމަތީ ފިޔަވަޅުތައް އަޅާފައި ނުވާ ކަމަށް ބުނެ ފުލުހުންނަށް މައްސަލަ ހުށަހަޅާފައެވެ.