ދުނިޔޭގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ، ކްރިސްޓިއާނޯ ރޮނާލްޑޯގެ ލޯބިވެރިޔާ ޖޯޖީނާ ރޮޑްރީގޯ ރާއްޖޭގެ ލަގްޒަރީ އެއަރލައިން "ބިއޯންޑު" ފްލައިޓެއްގައި ރާއްޖެއަށް އަތުވެއްޖެކަން އޭނާގެ އިންސްޓާ މެދުވެރިކޮށް ހާމަކޮށްފިއެވެ.

ޖޯޖީނާ އޭނާގެ އިންސްޓަގްރާމު ބިއޯންޑުގެ ފްލައިޓެއްގައި ނަގާފައިވާ ފޮޓޯތަކެއް ސްޓޯރީގައި ހިއްސާކޮށްފައި ވަނީ މީގެ 12 ގަޑިއިރު ކުރިންނެވެ. 56.2 މިލިއަން ފޮލޯވަރުން ތިބޭ ޖޯޖީނާ މި ފޮޓޯތައް އޭނާގެ އިންސްޓާ ސްޓޯރީއާއި އިންސްޓާ ރީލްސްގައި ހިއްސާކޮށްފައި ވާއިރު ބިއޯންޑުން ވަނީ ކެޕްޝަންގައި "އެންޖޯއި މޯލްޑިވްސް" ލިޔެ ހިއްސާ ކޮށްފައެވެ.

ސިމްޑީ ގްރޫޕާއި ޔޫއޭއީގެ އަރަބެސްކް ގުޅިގެން ތަޢާރަފްކުރާ ބިއޯންޑަކީ ދުނިޔޭގެ ފުރަތަމަ "އޯލް ޕްރިމިއަމް" ނުވަތަ މަތީ ފެންވަރުގެ ދަތުރުތަކަށް ހާއްސަ އެއަރލައިންއެވެ.

https://www.instagram.com/p/C2eX5woIJO6/?hl=en
https://www.instagram.com/p/C2dcPKfo_TU/?hl=en

އެންމެ މަތީ ފަންތީގެ ޚިދުމަތްތައް ލިބޭ ބިއޯންޑުގެ މި ފްލައިޓުގައި ހުންނަނީ ބިޒްނަސް ކްލާސްގެ 44 ގޮނޑިއެވެ.

ޔޫއޭއީގެ އިންވެސްޓްމެންޓް ފާމެއް ކަމަށްވާ އަރަބެސްކް އާއި ގުޅިގެން މިއެއަރލައިން އުފައްދާފައިވާއިރު އެކުންފުންޏަކީ ލުފްތަންސާ އަދި ޤަތަރު ފަދަ އެއަރލައިންތަކުގައި އޭވިއޭޝަން އިންޑަސްޓްރީގެ އިސް މަޤާމުތަކުގައި މަސައްކަތް ކޮށްފައިވާ ގިނަ ބޭފުޅުން ގުޅިގެން އުފައްދާފައިވާ ކުންފުންޏެކެވެ.