ފުވައްމުލައް ސިޓީގެ ހުރިހާ ސަރަހައްދަކަށް އަލުން ރޭ ކަރަންޓު ދީފިއެވެ.

ފެނަކަ އިން ވިދާޅުވީ މައްސަލަޖެހުނު ޓްރާންސްފޯމަރު ބަދަލުކޮށް، ރޭ 10:05 ގައި ފުވައްމުލައް ސިޓީގެ ހުރިހާ ސަރަޙައްދަކަށް ކަރަންޓު ދީފައިވާ ކަމަށެވެ.

ފެނަކަ ކޯޕަރޭޝަނުން "އެކްސް" ގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ ފުވައްމުލަކުގައި ހުރި 500 ކިލޯވޮޓްގެ ޓްރާންސްފޯމާއެއް ހަލާކުވުމުގެ ސަބަބުން މިއަދު 03:35 ގައި މުޅި ސިޓީއަށް ދެމުން ދިޔަ ކަރަންޓުގެ ހިދުމަތް މެދުކެނޑުނު ކަމަށެވެ.

ނަމަވެސް ހަލާކުވި ޓްރާންސްފޯމަރުން ކަރަންޓު ދޭ ސަރަހައްދު ފިޔަވައި އެހެން ހުރިހާ ސަރަހައްދަކަށް އިރުއޮއްސުމުގެ ކުރިން ކަރަންޓު ދިނެވެ. ރޭ ކަރަންޓު ދީފައިވަނީ ކަރަންޓު ނުދެވި ހުރީ 150 ގެއަކަށެވެ.

ހަލާކުވި ޓްރާންސްފޯމަރު ނެގުމަށް ފަހު 100 ކިލޯވޮޓްގެ ޓްރާންސްފޯމަރެއް އިންސްޓޯލް ކުރުމުގެ މަސައްކަތް ފެނަކަ އިން ވަނީކޮށްފައެވެ.