ދިވެހި ތާރީޚާ ގުޅިފައިވާ "ކަޅުއޮށްފުންމި" އެއްގޮތަށް ފަރުމާކޮށްފައިވާ ނަކަލު އޮޑި ރޭގައި މާލެ ގެނެސްފިއެވެ.

މި އޮޑި ގެނެވުނީ ބާޖެއްގައެވެ. އާ ރަށުން އެ ދަތުރު ރޭ 11:00 ހާއިރު ފެށި ދަތުރުގައި، މި އޮޑި މާލެ ގެނެވުނީ ރޭ 11:15 ހާއިރުގައެވެ. ކަޅުއޮށްފުންމީގެ ނަކަލުއޮޑި މާލެ ގެނެސްފައިމިވަނީ ކަޅުވަކަރު މިސްކިތް ހިމެނޭ ސަރަހައްދުގައި އެ އޮޑި ބޭއްވުމަށެވެ.

މި ސަރުކާރުގެ ސަގާފަތާއި ތަރިކައާއި ބެހޭ ވުޒާރާއިން ތައްޔާރުވަމުން އަންނަނީ މިހާރު ކަޅުވަކަރު މިސްކިތް ހުރި ސަރަހައްދުގައި އޮޑިހަރުގެއެއް އަޅައި އަދި ކަޅުއޮށްފުންމި ބަލަން ތިބެވޭނެ ޕްލެޓްފޯމެއްވެސް ހެދުމަށްފަހު އެ ސަރަހައްދުގައި މި ނަކަލު ބޭއްވުމަށެވެ.

ކަޅުއޮށްފުންމީގެ މި ނަކަލަކީ މިނިވަން 50 ގެ ރަސްމިއްޔާތަށް 2015 ވަނަ އަހަރު ބަނދެ ބޭލި އޮޑިއެކެވެ. އެ ރަސްމިއްޔާތަށްފަހު މި އޮޑި އޮތީ އާ ރަށުގައި އެހެލާފައި ބޭއްވީއެވެ. މި އޮޑި އޭރު ބިނާކުރީ އުތީމު މަހާރަދުންގެ ޖިހާދާއި ކަޅުއޮށްފުންމި އޮޑިއާ ބެހޭގޮތުން ތާރީހީ ގޮތުން ލިބެން ހުރި މައުލޫމާތުތައް ދިރާސާކުރުމަށްފަހު އަސްލު ކަޅުއޮށްފުންމިއާ ވީހާވެސް އެއްގޮތްވާގޮތަށެވެ.

ކަޅުއޮށްފުންމި އޮޑިއަކީ މީލާދީން 1558 ވަނަ އަހަރު ޕޯޗުގީޒުން ރާއްޖެ އަޅުވެތި ކުރުމުން ރާއްޖެ މިނިވަން ކުރުމަށް އުތީމު މަހާރަދުން ބެންނެވި އޮޑިކޮޅެކެވެ.