ކުށްމަދު އަމާން މާހައުލެއް ރަށްރަށުގައި ގާއިމުކޮށް، ރައްޔިތުން ހޭލުންތެރިކުރުމަށް ފުލުހުން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން، ފ. ނިލަންދޫގެ ސިނާއީ މަސައްކަތްކުރާ ސައިޓްތަކަށާއި ފިހާރަތަކަށް ޒިޔާރަތްކޮށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ނިލަންދޫ ޕޮލިސް ސްޓޭޝަނުން ހިންގައިފިއެވެ.

ފުލުހުން ބުނީ މި މަހުގެ 22 އަދި 24 ވަނަ ދުވަހު ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމްގައި، ނިލަންދޫގައި ސިނާއީ މަސައްކަތްކުރާ ސައިޓުތަކާއި އެހެނިހެން މަސައްކަތްކުރާ ސައިޓުތަކަށް ޒިޔާރަތްކޮށް ސައިޓުތަކުގައި ސަލާމަތީ ގޮތުން ކަންކަން ހުރިގޮތް ބަލައި ރަނގަޅުކުރަންހުރި ކަންކަން ރަނގަޅުކުރުމަށް ނަސޭހަތްތެރިވެފައިވެފައިވާ ކަމަށެވެ.

އަދި މަސައްކަތްކުރަން ގެންގުޅޭ ސާމާނު ރައްކާތެރިކޮށް ބެލެހެއްޓުމާއި މަސައްކަތްކުރާއިރު ސަލާމަތީގޮތުން ކުރަންޖެހޭ ކަންކަން ފަރުވާތެރިކޮށް ކުރުމަށް ނަސޭހަތްތެރިވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން، ފުލުހުން ވަނޫ ނިލަންދޫ ފިހާރަތަކަށް ޒިޔާރަތްކޮށް މުދަލާއި ފައިސާ ރައްކާތެރިކުރުމަށް ކުރެވިދާނެ ކަންކަމުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި މަކަރާއި ހީލަތުން ފައިސާ ހޯދާ މީހުންގެ ކިބައިން ސަލާމަތްވުމަށް ނަސޭހަތްތެރިވެފައިވެއެވެ. އަދި އެފަދަ ކަމެއް ދިމާވެއްޖެނަމަ އަމަލުކުރާނެގޮތްތައް ކިޔައިދީފައިވެއެވެ.

އަދި ކުޑަކުދިން ވިޔަފާރިކުރުމަށް އަންނަކަމުގައިވާނަމަ ފުލުހުންނާއި އެކުދިންގެ ބެލެނިވެރިންގެ ސަމާލުކަމަށްއެކަން އެކަން ގެނެސްދިނުމަށް އިލްތިމާސްކޮށްފައިވެއެވެ.