މަދްރަސަތުލް އިފްތިތާހްގެ ގާލްގައިޑް ދަރިވަރުންނަށް މަގުމަތީގެސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

ފުލުހުން ބުނީ މި މަހުގެ 23 ވަނަ ދުވަހު ނައިފަރު ފޮލިސް ސްޓޭޝަނުގައި ކުރިއަށް ގެންދިޔަ އެ ސެޝަނުގައި މަގުމަތީގެ ގަވާއިދުތަކާއި ދަރިވަރުން މަގުމަތީގައި އުޅޭއިރު ސަމާލުކަންދޭންވީ ކަންކަމާއި ތިމާއާއި އަނެކުންގެ ސަލާމަތަށްޓަކައި ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށެވެ.

އަދި މަގުމަތީގެ އަދަބުތަކާއި ރިވެތިބަހުން މުއާމަލާތުކުރުމާ ގުޅޭގޮތުން ވެސް މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.