މަކަރާއި ހީލަތުގެ މައްސަލައެއްގައި ދެ މީހަކު ހޯދަން ފުލުހުން އިއުލާން ކޮށްފިއެވެ.

މި މައްސަލައިގައި ފުލުހުން ހޯދަން ފުލުހުން އިއުލާން ކޮށްފައިވަނީ އަބްދުލް ގާދިރު، ށ. ފޭދޫ / ކަސްތޫރިމާގެ، (54އ) އާއި ފާތިމަތު ނަޝާޔާ، ސ. ހިތަދޫ / އައިޑަންވޫޑް (22އ) އެވެ.

ފުލުހުން ބުނީ މި ދެމީހުން ހޯދަނީ ހުޅުމާލެ ފޭސް ދޭއް ޕޮލިސް ސްޓޭޝަނުން ތަހުގީގުކުރަމުންދާ މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ ކަމަށެވެ.

މީގެއިތުރުން މި ދެ މީހުން ހާޒިރު ކުރަނީ މި މައްސަލައިގެ ތަހުގީގަށް، ސުވާލުކުރުމަށާއި މިމަހު 31 ވަނަ ދުވަހުގެ 14:00 އަށް ހުޅުމާލެ ފޭސް ދޭއް ޕޮލިސް ސްޓޭޝަނަށް ހާޒިރުވަށްވެސް ފުލުހުން ބުނެފައިވެއެވެ.