މީދޫއިން ގެއްލިގެން ހޯދަމުން ދިޔަ ދ. މީދޫ / ދުނބުރިމާގެ، (މިހާރު ދިރިއުޅޭ އެޑްރެސް: ވ. ލަކީސްޕޮޓް) މަރްޔަމް ރާމިޒާ (36އ) ފެނިއްޖެ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ ރަމީޒާ ފެނިފައިވަނީ މިއަދު 11:40 އެހައިކަންހާއިރު މާލެއިން ކަމަށާއި އަދި އޭނާގެ ހާލުވެސް ރަނގަޅު ކަމަށެވެ.
އޭނާ ގެއްލިގެން ހޯދުމަށް ފުލުހުން އިއުލާން ކުރީ މިއަދު ހެނދުނުއެވެ. އެގޮތުން ކުރި އިއުލާންގައި ބުނެފައިވާ ގޮތުން ރާމިޒާ އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް ފުލުހަށް ރިޕޯޓް ކުރީ 2024 ޖަނަވަރީ 24 ވަނަ ދުވަހުގެ 20:37 އެހައިކަންހާއިރުއެވެ.
އަދި މަރްޔަމް ރާމިޒާ އެންމެ ފަހުން އާއިލާއަށް ފެނިފައިވަނީ ޖަނަވަރީ 23 ވަނަ ދުވަހުގެ ރޭ 21:00 އެހަކަންހާއިރު އޭނާ ދިރިއުޅޭ ގެއިން ކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތުދީފައިވަ ކަމަށްވެސް ބުނެފައިވެއެވެ.