ޗައިނާގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 39 މީހަކު މަރުވެއްޖެއެވެ.

އަލިފާން ރޯވެފައިވަނީ ރޭ ޗައިނަގެ އިރުދެކުނު ޕްރޮވިންސްގެ ޝިންޔޫ ސިޓީގެ ފިހާރަތަކުގެ ބިންގަރާހުގައެވެ. މި އަލިފާނުގެ ހާދިސާގައި މަރުވި 39 މީހުންގެ އިތުރަށް 9 މީހަކު ވަނީ ޒަހަމް ވެފައެވެ. ޗައިނާގެ ނޫސްއޭގެންސީތަކުން ރިޕޯޓު ކުރާގޮތުގައި ފަޔަރ ރެސްކިއު ޓީމުތަކުން މިހާރު ވަނީ އޮޕަރޭޝަންތަށް ނިންމާލާފައެވެ. އަދި މިހާރު އެ އިމާރާތުގައި ތާށިވެފައިވާ މީހުން ވަނީ ސަލާމަތް ކުރެވިފައެވެ.

ޗައިނާގެ ލޯކަލް އިދާރާތަކުން މައުލޫމާތުދޭ ގޮތުގައި މި އަލިފާން ގަނޑު ކޮންޓްރޯލު ކުރަންް 100 އަށް ވުރެގިނަ ފަޔަރ ފައިޓަރުންގެ އެހީ ބޭނުންވިއެވެ.

މިއީ މިހަފުތާގައި ޗައިނާގައި ހިނގި ދެވަނަ އަލިފާނުގެ ހާދިސާއެވެ. މިދިޔަ ހޮނިހިރު ދުވަހުގައި ވެސް ޗައިނާގެ ޕްރައިވެޓް ސްކޫލްއެއްގައި ރޯވެ 13 މީހުން ވަނީ މަރުވެފައެވެ.