މާލޭގައި ދެ ބިދޭސީންގެ މެދުގައި މިރޭ މާރާމާރީއެއް ހިންގައި އެކަކުގެ ބޮލަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލައިފިއެވެ.

ފުލުހުން މިރޭ ބުނީ މުތީ ގޯޅީގައި ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމުގެ ރިޕޯޓު މިރޭ 7:30 ހާއިރު އެ އިދާރާއަށް ލިބިފައިވާ ކަމަށެވެ.

މީގެއިތުރުން މި މަރާމާމާރީގައި އަނިޔާވި މީހާއަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުނެފައި ވެއެވެ. ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން ބިދޭސީއެއް ހައްޔަރުކޮށް މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.

މިކަމާއި ގުޅޭ އިތުރު ތަފުސީލެއް ފުލުހުން އަދި ހާމަކޮށްފައެއްނުވެއެވެ.