ރާއްޖޭގައި ބިދޭސީން ގިނަވެ، އެކަމުގެ ކަންބޮޑުވުން ސޯޝަލް މީޑިއާގައި ފާޅުކުރަމުން އައި ޒުވާން އިންޖިނިއަރ ހަސަން ޝަރީފަށް ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އުފައްދާ ޓާސްކް ފޯހުން ޖާގަ ދޭނެކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

އަލީ އިހުސާން ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ، ބިދޭސީން ގިނަވެ، އެކަމުގެ ކަންބޮޑުވުން ސޯޝަލް މީޑިއާގައި ފާޅުކުރަމުން އަންނަ ހަސަން ޝަރީފާ ބައްދަލު ކުރައްވައިފި ކަމަށެވެ.

ހަސަން ޝަރީފް އަންނަނީ ރާއްޖެއަށް ކުރިމަތިވެފައިވާ ބިދޭސީންގެ މައްސަލަތަކާއި ގުޅޭގޮތުން ޓިކްޓޮކްގައި ވީޑިއޯ ހަދާ އާންމު ކުރަމުންނެވެ. އެގޮތުން އޭނާ ބުނާ ގޮތުގައި ރާއްޖޭގެ ފަޅުރަށްރަށާއި މަސްދޯނިތަކާއި ވިޔަފާރިތައް ވެސް ބިދޭސީންގެ އަތްމަތީގައެވެ. އެގޮތުން އޭނާ ބުނެފައިވަނީ ގައުމުގެ %99 ވިޔަފާރި މިހާރު ހުރީ ބިދޭސީންގެ އަތްމަތީގައެވެ.

އިހުސާންގެ އެކްސް ޕޯސްޓުގައި އޭނާ ވިދާޅުވެފައިވަނީ ބިދޭސީންގެ މައްސަލަތަކާ ގުޅޭގޮތުން މިނިސްޓްރީން އެކުލަވާލާފައިވާ ޓާސްކް ފޯހުން އެ ޒުވާނާއަށް ފުރުސަތު ދިނުމަށް މިހަރުވަނީ ނިންމާފައެވެ.

ހަސަން ޝަރީފަކީ 35 އަހަރުގެ ޒުވާން. މެރިން އިންޖިނިއަރެކެވެ. ރ. މީދޫއަށް އުފަން ޝަރީފްގެ ވަޒީފާގެ ދުވަސްތަކުގައިވެސް އޭނައަށް ބަލައި ނުގަނެވުނު ކަމަކީ ބިދޭސީންނަށް ދޭ އަހައްމިއްޔަތުކަމާއި އެކަށީގެން ނުވިޔަސް ދޭ ބޮޑު މުސާރައެވެ. އޭރުގެ އެ ވަޒީފާގައި ނޫޅުނަސް މިއަދު އަމިއްލަ މަސައްކަތްތައް ކުރަމުން އަންނަ ޝަރީފްގެ އެޝަކުވާތައް އަދިވެސް އޮތީ ހަމައެހެންނެވެ.