ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ކޮވިޑް ވެކްސިން ޖައްސަވައިފިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައިސް މުހައްމަދު ނަޝީދުގެ އިތުރުން އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ކޮވިޑް ވެކްސިން ޖައްސަވާފައިވަނީ ކޮވިޑް ވެކްސިނޭޝަން ޕްރޮގްރާމް ފައްޓަވައި ދެއްވުމުގެ ގޮތުންނެވެ.

ތިން ބާރުގެ ވެރިންގެ އިތުރުން ދައުލަތުގެ އެކި އިސްމަގާމުތަކުގައި ތިއްބެވި ބޭބޭފުޅުން މިއަދި ކޮވިޮޑް ވެކްސިން ޖަހާފައިވެ އެވެ. އޭގެތެރޭގައި ހެލްތު މިނިސްޓަރު އަހުމަދު ނަސީމާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ފެމިލީ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ހިމެނި ވަޑައިގަންނަވައެވެ.

މާލޭގެ އިތުރުން ކުޅުދުއްފުށި ސިޓީއާއި އައްޑޫސިޓީގައި ވެސް މިއަދު ކޮވިޑް ވެކްސިންދޭން ފަށާނަ އެވެ.