ކަނޑުމަތީ ހާދިސާއެއް ހިނގައި ދޯންޏެއް އަޑިޔަށް ގޮސް ތިންމީހަކު ކަނޑުވެއްޖެއެވެ.

މި ހާދިސާ ހިނގިީ ރޭ އިރުއޮއްސުނު ވަގުތުގައެވެ.

ފުލުހުން ބުނެފައިވާގޮތުގައި އިރުއޮއްސެން ގާތްވެފައިވަނިކޮށް އަރިއަތޮޅާއި 19 މޭލުން ތިން މީހުންނާއެކު ދަތުރުކުރަމުންދިޔަ އެ ދޯނި އަޑިއަށްގޮސް އޭގައި ތިބި ތިން މީހުން އެ ވަގުތު އެ ސަރައްދުން ދަތުރުކުރަމުންދިޔަ، ފިއުލް ސަޕްލައި މޯލްޑިވްސްގެ އުޅަނދަކަށް ނެގި ކަމަށެވެ.

"ތިން މީހުންވެސް ވަނީ މާލެ ގެނެވިފައި، އެ ދޯނިން ދަތުރުކުރީ ދިވެއްސަކާއި ދެ ބިދޭސީ ފަޅުވެރިން، ތިން މީހުންގެ ހާލުވެސް ރަނގަޅު،" ފުލުހުން ބުނެފައިވެއެވެ.

މިދުވަސްވަރަކީ މޫސުން ގޯސް، ވައި ގަދަ ދުވަސްވަރަކަށް ވާތީ ދަތުރު ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ސާފުކުރުމަށާއި ސަލާމަތީގޮތުން ހުންނަންޖެހޭ ތަކެތި ހަމަޔަށް ހުރިކަން ޔަގީންކުރުމަށް ފުލުހުން އިލްތިމާސްކުރެއެވެ.