ޏ. ފުވައްމުލަކުގައި މޫދަށް އެރި އުޅުނު މީހަކު ގެނބިގެން ޒުވާނަކު މަރުވެއްޖެއެވެ.

ފުލުހުން ބުނީ މިއަދު ހެނދުނު މޫދުގައި އުޅެނިކޮށް ގެނބުނު މިހާ މިހާރު ހޮސްޕިޓލަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އެކަމަކުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ މިއަދު ހެނދުނު 7:30ގައި ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުވައްމުލަކު ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނީ އޭނާ ހޮސްޕިޓަކަށް ގެނައި އިރުވެސް މަރުވެފައިވާ ކަމަށެވެ.

މިކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ. ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ