ކުރީގެ ހޯމް މިނިސްޓަރު އަދި އަދާލަތުގެ ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުالله ރައްޔިތުންގެ މަޖިލީހަށް ވާދަކުރައްވަން ނިންމަވައިފިއެވެ.

އެމަނިކުފާނު ވާދަކުރަން ނިންމެވީ މަކުނުދޫ ދާއިރާއަށެވެ.

މި ކަމާގުޅިގެން އަދާލަތު ޕާޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެޕާޓީގެ މަޖިލީހަށް ކުރިމަތިލާން ހުޅުވާލި ފުރުސަތުގައި ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ހަތަރު ފަރާތަކަށް އެ ޕާޓީގެ ޓިކެޓް ދޭން ނިންމާފައިވާ ކަމަށެވެ.

އެފަރާތް ތަކަކީ:

  • ހުސެއިން ޝަފީޤް - ވައިކަރަދޫ ދާއިރާ
  • އިމްރާން އަބްދުالله - މަކުނުދޫ ދާއިރާ
  • އިސްމާއީލް ހަމީދު - ފުނަދޫ ދާއިރާ
  • އިސްމާއީލް އަލީ - އިނގުރައިދޫ ދާއިރާ

އަދާލަތު ޕާޓީން މިދިޔަ މަޖިލިސް އިންތިހާބުގައި މަދު ދާއިރާ ތަކަކަށް ވާދަކުރެއްވި ނަމަވެސް މަޖިލިސް ގޮނޑިއެއް ކާމިޔާބުވެފައެއް ނުވެއެވެ.

މަޖިލިސް އިންތިހާބު އޮންނާނީ މާރިޗް މަހުގެ 17 ވަނަ ދުވަހުއެވެ.