މި ސަރުކާރުގެ ތިން ވަޒީރަކަށް އަދި ބަންޑާރަ ނައިބު އަހުމަދު އުޝާމަށް ރުހުން ނުދިނުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ތްރީ ލައިން ވިޕެއް ނެރެފިއެވެ.
މި ނިންމުން ނިންމާފައި ވަނީ މިއަދުގެ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. މީގެއިތުރުން ވަޒީރުންގެ މަޖިލިހުގެ ދެން ތިއްބެވި ވަޒީރުންނަށް ރުހުން ދިނުމާ މެދުގައި އެ މެމްބަރުންނަށް ފެނިވަޑައިގަންނަވާ ގޮތެއް ނިންމަން ވަނީ ދޫކޮށްލައިފައެވެ.
އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ މިއަދުގެ މި ބައްދަލުވުމުގައި ނިންމާފައި ވަނީ ބަންޑާރަ ނައިބު އަހުމަދު އުޝާމްގެ އިތުރުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި ހައުސިން މިނސްޓަރު ޑރ. އަލީ ހައިދަރާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ.
ރައްޔިތުންގެ މަޖިލިހުގެ ތެރެއިން މިހާރު އެމްޑީޕީއާ އެކު މަސައްކަތްކުރާ ޑިމޮކްރެޓްސްގެ މެމްބަރުން ވެސް ވަނީ އުޝާމާއި ހައިދަރާއި ޝަހީމަށް ރުހުން ނުދޭން ނިންމައިފައެވެ. އެ ތިން ބޭފުޅުންގެ އިތުރުން ޑިމޮކްރެސްޓްސް އިން ރުހުން ނުދޭން ނިންމި އަނެއް ވަޒީރަކީ ފޮރިން މިނިސްޓަރު މޫސާ ޒަމީރެވެ..