މަކަރާއި ހީލަތުން މީހެއްގެ އެކައުންޓުގައި ހުރި 39000 ރުފިޔާ ނަގާފައިވާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހޯދަން ފުލުހުން އިއުލާންކޮށްފިއެވެ.

މި މައްސަލައިގައި ފުލުހުން ހޯދަމުންދަނީ އިންޑިއާ މީހެއް ކަމަށްވާ ސައި ތެޖާ މެދަރަމެޓްލާ އެވެ.

ފުލުހުން މިއަދު ބުނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ޕޮލިސް ސްޓޭޝަނުން ތަހުގީގުކުރަމުންދާ މަކަރާއި ހީލަތުން މީހެއްގެ އެކައުންޓުގައި ހުރި 39000 ރުފިޔާ ނަގާފައިވާ މައްސަލައެއްގެ ތަހުގީގަށް އޭނާ ހާޒިރުކުރުމަށް ބޭނުންވެ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާ ކަމަށެވެ.

އެގޮތުން ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ފެބްރުއަރީ 3 ވަނަ ދުވަހުގެ 14:00އަށް ތަހުގީގަށް ހާޒިރުވުމަށް އަންގައި ވަނީ އިއުލާނުކޮށްފައެވެ.