ދުނިޔޭގެ އެންމެ ބޮޑު ކްރޫޒް ޝިޕް، "އައިކަން އޮފް ދަ ސީސް" ފްލޮރިޑާގެ މިއާމީއިން ފުރަތަމަ ދަތުރު ފަށައިފި އެވެ.

365 މީޓަރު ދިގު، "އައިކަން އޮފް ދަ ސީސް" ގައި 20 ޑެކް ހުރެއެވެ. 7،600 ފަސިންޖަރުންނާއި، 2،350 ފަޅުވެރިންނަށް ދަތިކަމަކާ ނުލައި ތަނަވަސްކަމާއެކު ތިބެވޭނެ އެވެ.

"ރޯޔަލް ކެރީބިއަން ގްރޫޕް"ގެ ހިއްސާ އޮންނަ ކުންފުންޏެއްގެ ބޯޓެއްކަމަށްވާ "އައިކަން އޮފް ދަ ސީސް" ދަތުރު ކުރަނީ ޓްރޮޕިކް ސަރަހައްދުގައި ހަތްދުވަހުގެ އައިލެންޑް ހޮޕިން ދަތުރަކަށެވެ.

ތިމާވެށީގެ މާހިރުން ވަނީ މި ކްރޫޒުޝިޕްގެ ދަތުރުތައް ފެށުމާއެކު ތިމާވެއްޓަށް ލިބޭނެ ގެއްލުންތަކާ ގުޅޭގޮތުން ވަނީ އިންޒާރު ދީފައެވެ. އެއީ ލިކުއިފައިޑް ގުދުރަތީ ގޭހުން ދުއްވާ މި އުޅަނދުގެ ސަބަބުން ވައިގެ ތެރެއަށް ގެއްލުންހުރި މީތޭން ލީކު ވާނެތީ އެވެ.

"އައިކަން އޮފް ދަ ސީސް"، 2 ބިލިއަން ޑޮލަރު (1.6 ބިލިއަން ޕައުންޑް) ހަރަދުކޮށްގެން ތައްޔާރުކޮށްފައިވާއިރު އޭގައި ހަތް ސްވިމިން ޕޫލާއި ހަ ވޯޓާސްލައިޑާއި ސާޅީހަށްވުރެ ގިނަ ރެސްޓޯރަންޓާއި ބާ އަދި ލައުންޖް ހުރެ އެވެ. "އައިކަން އޮފް ދަ ސީސް" ސިފަ ވަނީ މަލްޓި ލޭޔާޑް ބާތުޑޭ ކޭކެއް (multilayered birthday cake) ފަދަ ޓަވަރުތަކެއް ގޮތަށެވެ. މަތީގައި ވާ ފްރޮސްޓިން ހަތް ސްވިމިން ޕޫލެއްގެސިފައިގައި ގެނެސްފައިވާއިރު، ޓްރޮޕިކަލް ފެހިކުލަ، ފިޔާތޮށި، ނޫ އަދި އޮރެންޖް ކުލައިން ޓްވިސްޓިން ވޯޓާސްލައިޑްސްތައް އޭގައި ގާއިމު ކޮށްފައި ވެއެވެ.