ވަޒީރުންނަށް ރުހުން ދިނުމަށް ވޯޓަށް އެހުމަށް ފެށި މަޖިލިސް ޖަލްސާގައި ބައެއް ވަޒީރުންނަށް ރުހުން ނުދޭން ނިންމައިފިއެވެ.

މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް، ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދަށް ރައްޔިތުންގެ މަޖިލީހުން، ނުދޭން ނިންމައިފިއެވެ. މަޖިލީހުގައި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 31 މެމްބަރުން ވޯޓު ދެއްވީ ޝަހީމަށް ވޯޓުދޭން ނުފެންނަކަމަށެވެ. ފެންނަކަމަށް ވޯޓު ދެއްވީ 30 މެމްބަރުންނެވެ. ޝަހީމަށް ރުހުންދޭން ނުފެންނަކަށް މަޖިލީހުން ނިންމީ އެއް ވޯޓުގެ ތަފާތުންނެވެ.

ބަންޑާރަ ނައިބު އަޙްމަދު އުޝާމަށް ރުހުން ނުދޭން މަޖިލީހުން ނިންމައިފިއެވެ. މަޖިލީހުގައި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 44 މެމްބަރުން ވޯޓު ދެއްވީ އުޝާމަށް ވޯޓުދޭން ނުފެންނަކަމަށެވެ. ފެންނަކަމަށް ވޯޓު ދެއްވީ 24 މެމްބަރުންނެވެ.

މީގެ އިތުރުން ހައުސިން މިނިސްޓަރ އަލީ ހައިދަރުއަށްވެސް ރުހުން ނުދޭން ވަނީ ނިންމައިފަ އެވެ.