ކުރީގެ ރައީސް ސާލިހު މަސައްކަތް ކުރަނީ އިސްލާމްދީން ބަލިކަށި ކުރަން ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ އެކްސް ގައި ކުރެއްވި ޕޯސްޓެއްގައެވެ.

ވަޒީރުންނަށް ރުހުން ދިނުމަށް ނެގި ވޯޓުގައި 31 މެމްބަރުންގެ ވޯޓުން ޝަހީމަށް ރުހުން ނުލިބުމުން، އެމަނިކުފާނު ވިދާޅުވީ ވެރިކަމުގައި ހުންނަވައިގެންނާއި ވެރިކަމުން ދުރުވުމަށް ފަހުވެސް ރައީސް ސާލިހު މަސައްކަތް ކުރައްވަނީ އިސްލާމީ ދީން ބަލިކަށި ކުރަން ކަމަށެވެ.

"ވެރިކަމުގައި ހުންނަވައިގެންނާއި ވެރިކަމުން ދުރު ވުމަށް ފަހު ވެސް، ރާއްޖޭގެ އިސްލާމީ ކަންކަން ބަލިކަށި ކޮށްލަން މަސަތްކަތް ކުރެއްވި ދެވަނަ ވެރިއެއް ރައީސް ސޯލިހު ނޫނީ ރާއްޖެ ދެކެފައި ނުވޭ،".
ޝަހީމް ވިދާޅުވި އެވެ

ވަޒީރުންނަށް ރުހުން ދިނުމަށް ނެގި ވޯޓުގައި އެމަނިކުފާނަށް ރުހުން ނުދޭން 31 މެމްބަރަކު ވޯޓު ދިންއިރު ރުހުން ދޭން ފެންނަ ކަމަށް ވޯޓު ދިނީ 30 މެމްބަރުންނެވެ. ވަކި ގޮތަކަށް ނުފެންނަ ކަމަށް ވޯޓު ދިން އަށް މެމްބަރަކު ތިއްބެވި އެވެ.