ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުމަށް އެމްޑީޕީން ސޮއި ހަމަކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެމްޑީޕީގެ އިތުރުން އެކަމަށް ބޭނުންވާ ސޮއި ހަމަކުރުމަށް ދަ ޑިމޮކްރެޓްސް އަށް ނިސްބަތްވާ މެންބަރުންނާއެކު 34 މެމްބަރަކު އެ ގަރާރުގައި ސޮއިކޮށްފައިވެއެވެ.

މި ގަރާރަށް ރައްޔިތުންގެ މަޖިލީހަށް ހުށަޅަން 26 މެމްބަރެއްގެ ސޮއި ބޭނުންވެއެވެ.

އިދިކޮޅު ޕާޓީތަކުން، އެމަނިކުފާނު އަޒުލު ކުރުމުގެ މަސައްކަތް ފެށީ، ކެބިނެޓުގެ ބައެއް ވަޒީރުންނަށް ރުހުން ނުދޭން ނިންމުމުން ސަރުކާރު ހިންގާ ޕާޓީއަށް ނިސްބަތްވާ މެމްބަރުން މަޖިލީހުގެ މިއަދުގެ ޖަލްސާ ހުއްޓުވާފައި ވަނިކޮށެވެ.