ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ ރައީސް އިސްމާއީލު ވިޝާމު ނިޔާވެއްޖެއެވެ.
ވިޝާމް ނިޔާވެފައިވަނީ ކުއްލި ގޮތަކަށް ކަމަށް މައުލޫމާތު ލިބިފައިވެއެއެވެ. ދާދި ފަހުން ވިޝާމް ވަނީ ކަކުލުގެ ސާޖަރީއެއްވެސް ކޮށްފައެވެ.
ވިޝާމް އަކީ ކުޅިވަރުގައި ވެސް އެކި މަސައްކަތްތައް ކުރެއްވި ބޭފުޅެކެވެ. އެ ގޮތުން، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ އާއި ގުޅިގެން އެކި މަސައްކަތްތައް ކުރެއްވި އެވެ.
އުމުރުން 39 އަހަރުގެ ވިޝާމް ވަނީ މީގެކުރިން ބަންޑާރަނައިބުގެ ނައިބުގެ މަގާމު ވެސް ފުރުއްވައިފައެވެ.
ބާ ކައުންސިލުގެ ރައީސްކަމަށް ވިޝާމު އިންތިހާބުވީ 2022 ވަނަ އަހަރުގެ ޖޫން މަހުގައެވެ.