ގދ.މަޑަވެލީގެ މަސްވެރިކަން ކުރާ 8 ދޯނީގެ 8 ފަޅުވެރިއަކު ރެސްކިއު ޑައިވަރ ކޯސް ފުރިހަމަކޮށްފި ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

އެ ވުޒާރާއިން ވިދާޅުވެފައިވަނީ މި ކޯހަކީ ރައީސް ޑރ. މުއިއްޒު ކަނޑައަޅުއްވާފައިވާ ސިޔާސަތު ތަންފީޒު ކުރުމުގެ ގޮތުން ރާއްޖޭގައި ފީނައިގެން އެންވެރިކަން ކުރާ ކޮންމެ އޮޑިއަކުން މަދުވެގެން އެއް ފަޅުވެރިއަކު ރެސްކިއު ޑައިވަރ ފެންވަރަށް ތަމްރީނު ކުރުމަށް އެ ވުޒާރާއިން ފަށާފައިވާ ޕްރޮގްރާމްގެ ތެރެއިން ހިމެނޭ ކަމެއް ކަމަށެވެ.

މި ކޯސް ފުރިހަމަކުރި 8 ބައިވެރިން އަކީ:

  • ފާރިޝް މުހައްމަދު- ޓީއެސްލައިން
  • އަޝްރަޤު ފަހީމް- އަލިމަސް
  • ފަރީން މުޙައްމަދު- ކަނޑުވާލި
  • އަޙްމަދު އަބްދުٱللَّٰه- ކަމަނަ
  • އަހުމަދު އާދަމް- ހަމަތި
  • މަރްޒޫގު އަބްދުٱللَّٰه- މުރިނގު
  • އަބްދުٱللَّٰه ހަސަން- ވޯލްޑް
  • މުހައްމަދު އަބްދުٱللَّٰه- ރަސްއަލި

ރެސްކިއު ޑައިވަރުން ޕްރޮގްރާމް ފަށާފައިވަނީ ޖެނުއަރީމަހުގެ 19 ވަނަ ދުވަހުއެވެ. މި ޕްރޮގްރާމްގެ ފުރަތަމަ ބުރުގައި 50 މަސްވެރިއަކު ތަމްރީން ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ޕްރޮގްރާމްގައި ތަމްރީން ދެނީ ރާއްޖޭގައި ޑައިވް އިސްޓްރަކްޓަރ ކޯސް ހަދާފައި ތިބި ފަންނީ ފަރާތަކެވެ.