ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމަށް ހަމަލާދިން މައްސަލާގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިކަން ހާމަކޮށްފައިވަނީ އެފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

އިއްޔެ ހެނދުނުގެ ވަގުތެއްގަައި މަރުތޭލަކުން އެމަނިކުފާނަށް ހަމަލާދީފައިވަނީ ސައިކަލެއްގައި އައި ދެ މީހުންނެވެ. އެ މީހުން ތިބީ ކޮންބައެއްކަން ނޭނގޭ ގޮތަށް މޫނު ނިވާކޮށްގެންނެވެ.

ފުލުހުން ބުނީ މިކަން ކުރީ ކޮން ބައެއްކަން މިހާރު ދެނެގަނެވިފައިވާ ކަމަށާއި ނަމަވެސް މިއީ ތަހުގީގުގެ ފުރަތަމަ މަރުހަލާ ކަމަށް ވާތީ މައްސަލައާ ގުޅޭ އިތުރު މައުލޫމާތެއް ހިއްސާއެއް ނުކުރެއެވެ.

އަދި އެ ދެ މީހުން ހައްޔަރުކޮށްފައިވާއިރު އެމީހުންގެ ވަނަވަރުވެސް ވަރަށް އަވަހަށް ހާމަކުރާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.