ބިންވެރިޔާ ސްކީމުގެ ދަށުން ނިމިދިޔަ ސަރުކާރުން ދިން ގޯތި ލިބުނު މީހުންނާއި ރެޖިސްޓްރީ ހަވާލު ކުރަން ފަށައިފިއެވެ.

ހައުސިން މިނިސްޓްރީން ވިދާޅުވީ، ގޯތި ލިބޭ ފަރާތްތަކަށް މިއަދު ހެނދުނު 10:00 އިން ފެށިގެން ރެޖިސްޓްރީ ހަވާލު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

އެގޮތުން ބިން ލިބޭ ފަރާތްތަކަށް 4004994 އަދި 4004797 ނަންބަރުން ގުޅާނެ ކަމަށް ވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނުގެ ތެރެއިން ރައީސް މުއިއްޒު ވަނީ ރައްޔިތުންނަށް ލިބިފައި އޮތް އެއްޗެއް، އަދި ލިބެން އޮތް އެއްޗެއްގައި ވެސް އަތެއް ނުލައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. އެގޮތުން ރައީސް އޭރު ވިދާޅުވީ، އެންމެ މުހިންމު ކަމަކަށް ވާނީ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުން ކަމަށާއި އެކަން ޔަގީނުން ވެސް ކޮށްދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިދިޔަ ސަރުކާރުން ދީފައިވާ އެއްވެސް ހިޔާވަހި ކަމެއް އަތުނުލާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ތަކުރާރުކޮށް ދެއްވިއެވެ.