މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ބޮޑު އިނާމެއްގެ ގޮތުގައި ހަތަރު އުމްރާ ދަތުރު ހުށަހަޅައި މި އަހަރުގެ ރޯދަ ޕްރޮމޯޝަން ފަށައިފިއެވެ.

އެމްއައިބީން ބުނީ މި ޕްރޮމޯޝަން ކުރިއަށްދާނީ މިއަދުން ފެށިގެން އަންނަ އޭޕްރިލް މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

މި ޕްރޮމޯޝަނަކީ ކޮންމެ އަހަރަކުވެސް ރޯދަ މަހާ ދިމާކޮށް އެމްއައިބީން ކުރިއަށްގެންދާ ޕްރޮމޯޝަނެކެވެ.

އެގޮތުން މި ޕްރޮމޯޝަނުގައި ބައިވެރިވުމަށް އެމްއައިބީގެ ވިސާ ކާޑުން 20 ޓްރާންސެކްޝަން ހަދަންޖެހޭނެއެވެ.

ކޮންމެ ހަފްތާއަކު ލަކީޑްރޯއެއް ނަގަން ހަމަޖެހިފައިވާ މި ޕްރޮމޯޝަނުގައި މި ލަކީޑްރޯއިން ހޮވޭ ފަރާތަކަށް އިފްތާރު ޕެކެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

މީގެ އިތުރުން ޕްރޮމޯޝަން ނިމުމުން ނަގާ ގްރޭންޑް ލަކީޑްރޯއިން ހޮވޭ ހަތަރު ފަރާތަކަށް މި ޕްރޮމޯޝަނުގެ ބޮޑު އިނާމު ކަމުގައިވާ އުމްރާ ދަތުރު ލިބޭނެ އެވެ.

މި ޕްރޮމޯޝަނުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އެމްއައިބީގެ "އެޕްލައިނައު" ޕޯޓަލަށް ގޮސް ވަގުތުން އެކައުންޓު ހުޅުވައި އެ ބެންކުގެ ހުރިހާ ބްރާންޗަކުން ލިބެން ހުންނަ އިންސްޓަންޓް ކާޑު ނަގާ، އެކައުންޓާ ލިންކުކޮށް، އެމްއައިބީގެ ވިސާ ކާޑުން 20 ޓްރާންސެކްޝަން ހަދަންޖެހޭނެއެވެ.