ރީތި ޗާލު އިސްތަށިގަނޑެއް ބޭނުންނުވާ ޖިންސުއްލަތީފުން މަދުވާނެއެވެ. ދިގު ނުވި ކަމުގައި ވިޔަސް ވަރުގަދަ ދުޅަހެޔޮ އިސްތަށިގަނޑެއް ބޭނުންވާނެ އެހެންނޫންތޯއެވެ.

ހަނޑޫފެނަކީ އިސްތަށިގަނޑު ރީތިކޮށްލަން ބޭނުންކުރަން ހަމަ އެއްވަނައެވެ. އެހެނީ ހަނޑުލުގައި ހިމެނޭ ވިޓަމިން ބީ، އަދި ވިޓަމިން ސީ އާއި ވިޓަމިން އީ އަދި އެމިނޯ އެސިޑު އިސްތަށިގަނޑުގެ މަރުވެފައިވާ ބައިތަކުން ސަލާމަތްކޮށްދީ އިސްތަށިގަނޑަށް ދިރުން ގެނެސްދޭނެއެވެ. އަދި އިސްތަށިތަކުގެ ބުޑުތައް ވަރުގަދަކޮށްލަދީ އިސްތަށި ފޭބުން ދުރުކޮށް އިސްތަށިގަނޑު ދިގުވުމަށް އެހީތެެރިވެދެއެވެ.

ޖޯޑެއްގެ ސާފު ހަނޑޫ ފެނުން ހަމަ ވަރަށް ކުޑަކޮށް ދޮވެލުމަށްފަހު އެ ފެން އުކާލުމަށްފަހު ދެ ޖޯޑެއްގެ ފެނަށް އެ ހަނޑޫ އަޅައި ވައު ޖެހޭ، އަވިނުދޭ ތަނެއްގައި ބަހައްޓާށެވެ. ބައިގަޑިއެއްހާއިރު ފަހުން އެ ހަނޑޫފެނާއި ހަނޑޫކޮޅު މަތި ބަންދުވާ ކަހަލަ ބޮޑު ބިއްލޫރި ފުޅިއަކަށް އަޅައި އެއް ދުވަސް ވަންދެން މަތި ބަންދުކޮށްފައި ބަހައްޓާށެވެ.

އަނެއް ދުވަހު ހަނޑޫ ފެން އެތި އެއްޗަކަށް އެޅުމަށްފަހު އިސްތަށިގަނޑަށް އަޅާށެވެ.

މުޅި އިސްތަށިގަނޑުގައި ހަނޑުލުފެނުގެ އަސަރު ޖެއްސުމަށް ސްޕްރޭ ކުރުންވެސް ރަނގަޅެވެ. ބޮލުގެ އެތެރޭގައި، ތަލައިގައި ރަނގަޅަށް ޖެއްސުން މުހިންމެވެ. ވިއްސަކަށް މިނެޓްގެ މަސާޖަކަށްފަހު ރީތިފެނުން ބޯ ދޮވެލާށެވެ.

ޝޭމްޕޫ ކުރުމުގައި އާދައިގެ ބާވަތެއް ބޭނުން ކުރުން މައްސަލައެއް ނެތް ގޮތަށް ކޮންޑިޝަނާ ކުރުމުގެ މާބޮޑު ބޭނުމެއް ނެތެވެ،

ގައިމުވެސް ތި އިސްތަށިގަނޑަށް ތާޒާކަމެއް ލިބިފައިވާނެކަމާމެދު ޝައްކެއްވެސް ނެތެވެ. ޗާލު އިސްތަށިގަނޑެއްގެ ފަރިކަން ލިބުމުން ދެން ހަނޑޫފެނުގައި ހުރި ނުބައި ވަސް ހަނދާނެއް ނުހުންނާނެކަން ޔަގީނެވެ.

(މައުލޫމާތު: ހެލްތީލައިފް/ޓިޕްސްބުކް)