މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒް އިން ނެރޭ ހަފްތާ މަޖައްލާ "އަޚްބާރު" ގެ ފުރަތަމަ ޢަދަދު ނެރެފިއެވެ.

އޮންލައިންކޮށް ނެރޭ މި މަޖައްލާއަކީ އެ މިނިސްޓްރީން ކުރިއަށް ގެންދާ މަސައްކަތްތަކާއި ގުޅޭ މައުލޫމާތު އާންމު ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ މަގްސަދުގައި ހަފްތާއަކު އެއްފަހަރު ނެރޭ މަޖައްލާއެކެވެ.

މި މަޖައްލާ އެމިނިސްޓްރީގެ ވެބްސައިޓުންނާއި ފޭސްބުކްގެ ޕޭޖުން ވެސް ޑައުންލޯޑް ކޮށްލެވެއެވެ.

ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރު ފެށުނު ފަހުން އެންމެ ހަރަކާތްތެރި އެއް ވުޒާރާއަކީ އިސްލާމިކް މިނިސްޓްރީ އެވެ. ސަރުކާރުގެ މަސައްކަތްތައް ފެށުނު ފަހުން އެ މިނިސްޓްރީއިން ވަނީ ގިނަ މަޝްރޫޢުތަކެއް ފައްޓަވައި މުހިންމު ނިންމުންތަކެއް ނިންމަވާފައެވެ.