މަސް ދޯނި ފަހަރަށް މިނެޓަކު 160 ލީޓަރު ތެޔޮ އެޅޭ ވަރުގެ ޕަންޕެއް ކޫއްޑޫގައި ގާއިމްކޮށްފިއެވެ.
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ކޮށްފައިވާ އެކްސް ޕޯސްޓެއްގައި ބުނީ މިނެޓަކު 160 ލީޓަރު އެޅޭވަރުގެ ޕަންމެއް ގާއިމު ކުރުމުގެ މަގްސަދަކީ ދޯނިފަހަތުތަކަށް ތެޔޮއެޅުމުގައި މަސްވެރިން ގިނަ ވަގުތު ހޭދަކުރަން ނުޖެހޭނެ ލުއިފަސޭހަ ގޮތްތަކެއް ހޯދައި ދިނުމަށްޓަކައި ކަމަށެވެ.
މަސްވެރިންނަށް ލުއި ފަސޭހަ ގޮތްތަކެއް މަސްވެރިކަމާ ބެހޭ ވުޒާރާއިން ހޯދައި ދެމުން އަންނަ އިރު މަސްވެރިކަމާބެހޭ ވަޒީރު އަހްމަދު ޝިޔާމް މުހައްމަދު ވިދާޅުވެފައި ވަނީ ދިވެހިމަސްވެރިންނަށް ކުރިމަތިވެފައިވާ އެކިކަހަލަ މައްސަލަތައް ހައްލުކޮށްދެއްވުމަށް ކެނޑިނޭޅި މަސައްކަތް ކުރައްވަވާކަމަށެވެ.
އެގޮތުން ނިމުނު ސަރުކާރުން ނުދީހުރި ގިނަ އަދަދެއްގެ ފައިސާ މަސްވެރިންނަށް މިސަރުކާރުން ހަވާލުކުރަމުން ގެންދާކަން ފާހަގަކުރެއްވިއެވެ،
އެންމެ ބޮޑަށް ފާހަގަކޮށްލެވޭ އަނެއްކަމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު މަސްވެރިންނަށް ބަހައްޓަވާ ހާއްސަ ކަމެވެ. އެމަނިކުފާނު ވަނީ މަސްވެރިންގެ ފައިސާ ދެވޭނެ މަގު ފަހިކޮށްދެއްވުމަށް ބޮޑު ނިންމުމެއް ނިންމަވައި އެކަން ހާމަކުރައްވާފައެވެ.
"މިފްކޯއިން ލޯނެއް ނަގައިގެން ވިޔަސް، އެ ފައިސާ ވަރަށް އަވަހަށް ހަވާލު ކުރަން އަޅުގަނޑުމެން މަސައްކަތް ކުރަނީ، އިރާދަކުރެއްވިއްޔާ މިކަން ވަރަށް ޔަގީން ކަން އެބަ އޮތް ވަރަށް އަވަހަށް ހައްލުކޮށްދެވޭނެ ކަމަށް، ހުރިހާ މަސްވެރިންނަށް ދޭން ހުރި ހުރިހާ ފައިސާއެއް ވަރަށް އަވަހަށް އިރާދަކުރެއްވިއްޔާ ހަވާލު ކުރުމަށް މި މަސައްކަތް ކުރަނީ،" މީސްމީޑިޔާ މެދުވެރިކޮށް އާއްމުންގެ ސުވާލުތަކަށް ރައީސް ސީދާ ޖަވާބު ދެއްވާގޮތަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ފަށްޓަވާފައިވާ ސިލްސިލާ "ރައީސްގެ ޖަވާބު" ޕްރޮގްރާމުގެ ފުރަތަމަ ޖަވާބަކަށް ރައީސް ވިދާޅުވިއެވެ.
ކޮންމެއަކަސް އެބައިމީހުންގެ ފައިސާ ދެއްވުމަށް ސަރުކާރުން، ވަޒީރު އަދި ރައީސް ކުރައްވަމުންގެންދަވާ ކަންތައްތަކަކީ މަސްވެރިންނަށް އޮތް ހެޔޮފާލެއްގެ ހަބަރުތައް ކަން ޔަގީނެވެ. އަދި ހަމައެހެންމެ މިއަދު ކޫއްޑޫއިން ތެޔޮ އެޅުމަށް އެއައި ބަދަލު، މިއީ މަސްވެރިންނަށް ނިހާއީ އުފާވެރި ހަބަރަކަށް ވެގެންދާނެކަން ޔަގީނެވެ. ސަބަބަކީ ކޫއްޑޫއަކީ ރާއްޖޭގެ ގިނަ މަސްވެރިން ތެޔޮއެޅުމަށާއި މަސްކިރުމަށް ލަފައި ފުރުމަށް ބޭނުންކުރާ އެންމެ މުހިންމު ރަށެވެ. އެހެންގޮތަަށް ބުނާނަމަ ކޫއްޑޫއަކީ މަސްވެރިންގެ އެންމެ ހާއްސަ އެންމެ މުހިންމު އެއް މަސައްކަތުގެ މަރުކަޒެވެ.