ރާއްޖޭގައި ގަވާއިދާއި ހިލާފަށް އުޅެމުންދިޔަ 173 ބިދޭސީއެއް ޑީޕޯޓް ކުރުމަށް ފުލުހުން އިމިގްރޭޝަނާއި ހަވާލުކޮށްފިއެވެ.

ފުލުހުންގެ އެކްޓިން ހެޑް އޮފް ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑް ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ނާފިޒު ވިދާޅުވެފައިވަނީ ގަވާއިދާއި ހިލާފަށް ރާއްޖޭގައި އުޅޭ ހޯދުމާއި، ދިވެހިންނާއި ގުޅިގެން ހަށި ވިއްކުމުގެ ވިޔަފާރި ކުރާ ބިދޭސީން ހޯދުމުގެ ގޮތުން ހިންގި ތޭރަ އޮޕަރޭޝަން ތެރެއިން 173 ފަރާތެއް ޑީޕޯޓް ކުރުމަށް އިމިގްރޭޝަނަށް ހަވާލުކޮށްފައިވާނެ ކަމަށެވެ.

ދިވެހިރާއްޖޭގެ އާބާދީގެ ދެބައިކުޅަ އެއްބަޔަކީ ބިދޭސީން ކަމަށް ވާއިރު، މީގެތެރޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންވެސް ގިނަކަން ފާހަގަ ކޮށްލަން ޖެހެއެވެ. އެގޮތުން ސަރުކާރުން ދަނީ ގަވައިދާ ހިލާފައް އުޅޭ ބިދޭސީން ހޯދާ އެފަދަ މީހުން އަނބުރާ ގައުމަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުންނެއެވެ.

މީގެއިތުރުން މި މައްސަލައާ ގުޅިގެން ދާހިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެފައިވަނީ ދިވެހިރާއްޖޭގައި ގަވައިދާއި ހިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން ކުށަށް އަރައިގަންނަ ބިދޭސީން ވަގުތުން ޑީޕޯޓްކުރާނެ ކަމަށާއި އަދި އަމާޒަކީ އެއް އަހަރު ދުވަސްތެރޭގައި ރާއްޖޭގައި ތިބި ހުރިހާ ބިދޭސީންގެ ފިންގަ ޕްރިންޓް ނެގި، އެމީހުންނަކީ ގާނޫނީ އިމުގެ ތެރެއަށް ވެއްދިފައިތިބި މީހުންކަން ކަށަވަރު ކުރާނެ ކަމަށެވެ.