މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން ލޭ ހަދިޔާކުރުމުގެ ހަރަކާތެއް އިއްޔެ ބާއްވައިފިއެވެ.

މި ހަރަކާތްއަށް ކުރިއަށް ގެންގޮސްފައިވަނީ މާލޭގެ ނޯތު ހާބަރު ސަރަހައްދުގައެވެ.

އެގޮތުން މި ހަރަކާތުގައި އެ ކުންފުނީގެ ގިނަ އަދަދެއްގެ މުވައްޒަފުން ލޭ ހަދިޔާކޮށްފައިވާ ކަމަށް އެމްޕީއެލުން ވިދާޅުވިއެވެ.

މީގެއިތުރުން އެ ކުންފުނިން ވިދާޅުވި ގޮތުގައި މި ހަރަކާތަކީ އައިޖީއެމްއެޗްގެ ބްލަޑް ބޭންކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ހިންގި ހަރަކާތެއް ކަމަށެވެ.

މިފަދަ ހަރަކާތްތަކެއް އެމްީޕއެލުން ވަނީ މީގެ ކުރިންވެސް އެކި ފަހަރުމަތިން ބާއްވާފައިވެއެވެ.