ބ. ތުޅާދޫ ސްކޫލުގެ ސްޓަރ ދަރިވަރުންނަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ތުޅާދޫ ފުލުހުން ކުރިއަށް ގެންގޮސްފިއެވެ.

އިއްޔެ ކުރިއަށް ގެންދިޔަ މި ސެޝަނުގައި، މޫދަށްއެރި އުޅުުގައި ސަމާލުކަންދޭންޖެހޭ ކަންކަމާ ގުޅޭގޮތުން ދަރިވަރުންގެ އުމުރާ ގުޅޭގޮތަށް މައުލޫމާތު ދީފައިވެއެވެ. އަދި އަލިފާނުގެ ހާދިސާއެއް ދިމާވެއްޖެ ހާލަތުގައި އަމަލުކުރާނެ ގޮތްތަކާއި އަލިފާން ނިއްވުމަށް މަސައްކަތްކުރާނެ ގޮތްތައް ވެސް ކިޔައިދީފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ހަމައެއާއެކު ފުލުހުން ބުނީ ވަޅިއާއި ތޫނު އެހެނިހެން ސާމާނާއި އުނދުން، އިސްތިރި، ސޮކެޓާއި ކަރަންޓު އެހެނިހެން ސާމާނު އަދި ސާފުކުރުމަށް ބޭނުންކުރާ ކެމިކަލްފަދަ ތަކެތީގައި އަތްނުލުމަށާއި އެކަމުގެ ސަބަބުން ދަރިވަރުންނަަށް ލިބިދާނެ ގެއްލުމަކުން ރައްކާތެރިވާނެ ގޮތާއި އެ ތަކެތީގައި އަތްނުލާންވީ ސަބަބުތައް ބުނެދީފައިވާކަމަށެވެ.

މި ސެޝަނުގައި، ތުޅާދޫ ސްކޫލުގެ ސްޓަރ 30 ދަރިވަރުން ބައިވެރިވިއެވެ.