ހިރިޔާ ސްކޫލުގެ ޕްރިފެކްޓް ދަރިވަރުންނަށް ލީޑަރޝިޕް ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

ފުލުހުން ބުނީ މިމަހު ދެވަނަ ވަނަ ދުވަހު އެ ސްކޫލުގައި ކުރިއަށް ކުރިއަށް ގެންދިޔަ މި ސެޝަނުގައި، ލީޑަރޝިޕާ ގުޅޭގޮތުން މައުލޫމާތު ދިނުމާއެކު ޕްރެކްޓިކަލް އެކްޓިވިޓީސްތައް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

މިގޮތުން، ލީޑަރަކީ ކޮބައިކަން، ލީޑަރުގެ ރޯލު، މުއާމަލާތުކުރުން، ލީޑަރޝިޕްގެ އެކި މަރުހަލާތަކާއި އެކި ހާލަތްތައް، އަދި އިސްތިރާޖީ ވިސްނުމާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ.

ޓީމް ބިލްޑިންގ ހަރަކާތްތަކާއެކު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި ޓީމެއް ގުޅިގެން މައްސަލަ ހައްލުކުރާނެ ގޮތް، ކްރިޓިކަލް ތިންކިންގ، މައިންޑް ގޭމްސް، އައިސް ބްރޭކް އަދި އިސްތިރާޖީ މަސައްކަތައްކުރާ ގޮތް ފަދަ ގިނަ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވާ ކަމަށްވެސް ފުހުން ބުންޏެވެ.

މި ސެޝަންގައި ހިރިޔާ ސްކޫލުގެ ސްކޫލުގެ 65 ޕްރިފެކްޓުން ބައިވެރިވިއެވެ.