ކެންސަރުގެ އާލާސްކަންފުޅަށް ފަރުވާ ހޯއްދެވުމަށްފަހުގައި މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ ޑރ. އައިޝަތު ރަމީލާ މަސައްކަތަށް ނުކުމެވަޑައިގެންފިއެވެ.

އަނބުރާ މަސައްކަތުގެ މައިދާނަށް ނުކުންނެވިކަން ހާމަކުރައްވަމުން މިނިސްޓަރ ޑރ. ރަމީލާ އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، ފަރުވާގެ ފުރަތަމަ ފިޔަވަހި ނިންމުމަށްފަހުގައި، މަސައްކަތަށް ނުކުމެވުނުކަމަށްޓަކައި އުފާކުރައްވާ ކަމަށެވެ.

ޑރ. އައިޝަތު ރަމީލާ މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ ކަމުގެ މަގާމަށް އައްޔަނުކުރެވުނުތަނާހެން އެކަމަނާ ވަނީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގެންފައެވެ.

ރާއްޖެއިން ބޭރުގައި ޑރ. ރަމީލާ ފަރުވާއަށް ހުންނެވި މުއްދަތުގައި ވަގުތީ ގޮތުން އެމިނިސްޓްރީ ހިންގެވުން ރައީސް ޑރ މުޙައްމަދު މުޢިއްޒު ހަވާލުކުރެއްވީ ޑިފެންސް މިނިސްޓަރ ޣައްސާނު މައުމޫނާ އެވެ.