އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަޙްމަދު އަލީ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އަހުމަދު އަލީ އެ މަގާމުން އިސްތިއުފާދެއްވީ މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުއެވެ.
އަހްމަދު މަގާމުން އިސްތިއުފާ ދެއްވުމަށް ފޮނުވި ސިޓީގައި ވިދާޅުވެފައިވަނީ ގާނޫނާއި ގަވާއިދުގެ ބޭރުން އެއްވެސް މީހަކަށް އެއްވެސް ފިޔަވަޅެއް އަޅުއްވާފައި ނުވާނެ ކަމަށެވެ.
އެހެންނަމަވެސް، މި ވަގުތު އެންމެ މަސްލަހަތު ހުރި ގޮތަކީ ޕާސަނަލް ސެކްރެޓަރީގެ މަގާމުން އިސްތިއުފާ ދެއްވުން ކަމަށް ވާތީ އެ ނިންމުން ނިންމެވީ ކަމަށެވެ.
އޭނާ މަގާމުން ސަސްޕެންޑް ކުރީ އަމިއްލަ ފަރާތަކުން ހުށަހެޅި މައްސަލަތަކަކާއި ގުޅިގެން މިދިޔަ މަހުގެ ތިން ވަނަ ދުވަހުއެވެ.