މޯލްޑިވްސް އިސްލާމިކް ބޭންކްގެ ޑޮލަރު އޭޓީއެމްއެއް ހުޅުމާލޭގައި ފުރަތަމަ ފަހަރަށް ހުޅުވައިފިއެވެ.

މި އޭޓީއެމް ހުޅުވައިދެއްވީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ފަޒުލް ރަޝީދުއެވެ.

އެމްއައިބީގެ ހުޅުމާލެ ޑޮލަރު އޭޓީއެމް ހުޅުވާފައިވަނީ މިހާރުވެސް ހުޅުމާލޭގައި ހުރި އެމްއައިބީގެ އޭޓީއެމް ބްރާންޗުގައެވެ. މި ބްރާންޗް ހުންނަނީ ހުޅުމާލެ ވަން އެވެނިއު ތިރީގައެވެ.

އެމްއައިބީން ބުނީ މި ޑޮލަރު އޭޓީއެމްގައި ޑޮލަރު ނެގުމާއި އަދި ޖަމާކުރުމުގެ ހިދުމަތް ލިބޭނެކަމަށެވެ. މި އޭޓީއެމްއިން އަމިއްލަ ފަރުދުންނަށާއި އަދި ވިޔަފާރިތަކަށް ދުވާލަކަށް 1600 ޑޮލަރު އަދި މަހަކަށް 10،000 ޑޮލަރު ނެގޭނެއެވެ. އަދި އަމިއްލަ ފަރުދުންނަށް ދުވާލަކު 12،000 ޑޮލަރު ޖަމާކުރެވޭއިރު ވިޔަފާރިތަކަށް ދުވާލަކު 32،000 ޑޮލަރު ޖަމާކުރެވޭނެއެވެ.

އެމްއައިބީން މިހާރު 4 ޑޮލަރު އޭޓީއެމް އަންނަނީ އޮޕަރޭޓްކުރަމުންނެވެ. އެއީ މާލެ ފާމުލަދޭރި ބިލްޑިންގައި ހުރި 2 އޭޓީއެމްއާއި، މެރިން ޑްރީންގައި ހުރި 1 އޭޓީއެމްގެ އިތުރުން ހުޅުމާލޭގައި ހުޅުވި އޭޓީއެމްއެވެ.