ހުޅުމާލެ ޖަލުން ގައިދީއަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނީ ހުޅުމާލެ ޖަލުން މިއަދު ޕޮޒިޓިވް ވެފައިވަނީ އުމުރުން 56 އަހަރުގެ ގައިދީއެއް ކަމަށެވެ. އެ ގައިދީ މިވަގުތު ކަރަންޓީނު ފެސިލިޓީ އަށް ބަދަލުކުރެވިފައިވާ ކަމަށް ކަރެކްޝަންސް އިން ބުނެއެވެ.

ގައިދީއަކު ޕޮޒިޓިވްވުމާ ގުޅިގެން ހުޅުމާލެ ޖަލު ވަގުތީ ގޮތުން ލޮކްޑައުންކުރެވި، ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ކަރެކްޝަންސް އިން ބުނެއެވެ.

ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މިހާރު ވަނީ ބޮޑު ތަނުން އިތުރުވާން ފަށާފައެވެ. އެގޮތުން އިއްޔެ ރާއްޖެއިން 215 މީހަކު ޕޮޒިޓިވް ވެފައިވާއިރު މި ރެކޯޑު އަދަދެކެވެ. މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން 159 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ.