އާއިލާއަށް ހަބަރުނުވެ، ވީތަނެއް ނޭނގިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވާތީ، ކުޑަކުއްޖަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ. ފުލުހުން ހޯދަމުން އަންނަނީ ދ. ކުޑަހުވަދޫ / ދާރުއްސަލާމް، 15 އަހަރުގެ އާދަމް ޒިޔާން މުޙައްމަދު އެވެ.

ފުލުހުން ބުނީ ޒިޔާން ގެއްލިގެން ރިޕޯޓުކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހު ކަމަށެވެ.

ޒިޔާން އެންމެ ފަހުން ފެނިފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެރޭ 23:00 ހާއިރު، އެ ކުއްޖާ ދިރިއުޅޭ ގެއިން ކަމަށް އާއިލާއިން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުނެ އެވެ. ޒިޔާން މިހާރު ދިރިއުޅެމުން އަންނަނީ ހުޅުމާލެ ފްލެޓް ނަންބަރު 128-4-01 ގަ އެވެ.

ފުލުހުން ވަނީ ޒިޔާންއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ ނަމްބަރު 9790163 / 3000600 އަށް ގުޅައި ހިއްސާކުރުމަށް އެދިފަ އެވެ.