ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން އިރު، ފުއްދައިދެއްވާނެ ކަމަށް ވިދާޅުވި 161 ވައުދުފުޅުގެ ތެރެއިން 50 ވައުދު ފުރިހަމަ ކުރެވިއްޖެ ކަމަށް އެމަނިކުފަނު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ މިއަދު ރައްޔިތުން މަޖިލީހުގައި ރިޔާސީ ބަޔާން އިއްވަވަމުންނެވެ.

ރައީސް އިތުރަށް ވިދާޅުވީ، އެ މަނިކުފާނުގެ ފަރާތްޕުޅުން އެކުލަވާލި މަގު ޗާޓުގައި ސަރުކާތުގެ ފުރަތަމަ ދުވަހު ފުއްދާނެ ވައުދުތަކާއި، ހަތަރު ހަފްތާ އާއި ނުވަ ހަފްތާ އާއި ސާދަ ހަފްތާ ތެރޭ ފުއްދަވާނެ ވާނެ ވައުދުތައް ވާނީ ހިމަނާފައިކަމަށެވެ.

އަދި ހަފްތާ ސާދަ މަގު ޗާޓުގައި ޖުމްލަ 161 ވައުދު ހިމނެނޭ އިރު، އޭގެތެރެއިން 50 ވައުދު ވާނީ މިހާތަނަށް ސަތޭކަ އިންސައްތަ ފުރިހަމަ ކޮށް ދެއްވާފައި ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ވެރިކަމާ ހަވާލުވެވަޑައިގެން ފަހުން އަދާ ހަމައަށް އެގާރަ ހަފްތާ ފުރިހަމަ ވެފައިވާއިރު، ވެރިކަމާ ހަވާލުވެވަޑައިގެން ދުވަހު ފުއްދަވަނެ ކަމަށް ވިދާޅުވި ހަތް ވައުދާއި، ހަތަރު ހަފްތާ ފުރިހަމަ ވުމުގެ ކުރިން ފުއްދަން ވައުދުވެވަޑަިއގެން އިތުރު ސަތާރަ ވައުދާއި، ނުވަ ހަފްތާ ފުރިހަމަ ވުމުގެ ކުރިން ފުއްދަވަން ވައުދުވެވަޑައިގެން އިތުރު 26 ވައުދު ހިމެނެއެވެ.

ހަމައެއާއެކު ސާދަ ހަފްތާ ފުރިހަމަ ވުމުގެ ކުރިން ފުއްދަވަން ވެވަޑައިގެންފައިވާ 111 ވައުދުފުޅު ވެސް ފުއްދަވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެެވެ.

ރައީސް ވިދާޅުވީ މި ސަރުކާރުން ދަނީ، ކުރިއަށް އޮތް 5 އަހަރުތެރޭ މި ވައުދުތައް ފުއްދެވުމަސް ސްޓްރެޓަޖިކް ޕްލޭނެއް ތައްޔާރު ކުރުމުގެ މަސައްކަތް ކުރަމުން ކަމަށެވެ.