ޕާކިސްތާނުގެ ދަރިވަރު ހޫރިއާ ބަތޫލް ދުނިޔޭގެ އެންމެ ޒުވާން ޗާޓަޑް އެކައުންޓެންޓް (ސީއޭ) އަކަށްވެ ދުނިޔޭގެ ރެކޯޑު މުގުރާލައިފިއެވެ.

އުމުރުން އެންމެ 19 އަހަރުގައި އޭނާ ވަނީ ސީއޭއަކަށްވެ، ގިނިސް ވޯލްޑް ރެކޯޑްސް އިން ޖާގަ ހޯދައިފަ އެވެ. ހޫރިއާ މިރެކޯޑުހާސިލް ކުރުމުގެ ކުރިން މި ރެކޯޑް އޮތީ އިންޑިއާގެ ނާންދީނީ އަގްރަވާލް އަތުގައެވެ.

ހޫރިއާގެ މި ކާމިޔާބީއަކީ އޭނާގެ ޚާއްޞަ ހުނަރާއި ޚިދުމަތްތެރިކަން ހާމަކޮށްދޭ ކަމެއް ނޫން ކަމަށާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އެކައުންޓެންޓުންނަށް ވެސް މިސާލެއް ކަމަށް ގިނަބަޔަކު ބުނަމުންދެއެވެ. މީގެއިތުރުން މި ކާމިޔާބީއަކީ ފައިނޭންސްގެ ދާއިރާއިން ޒުވާން ފަރުދުންގެ ގާބިލްކަން ދައްކުވައިދޭ ކާމިޔާބީއެއް ކަމަށާއި ދުނިޔޭގެ އެކައުންޓިން ކޮމިއުނިޓީގެ ޓްރެއިލްބްލޭޒަރެއްގެ މަގާމު ހޯދާފައިވާ ކާމިޔާބީއެއް ކަމަށް ޕާކިސްތާނުގެ ޑިޖިޓަލް އޮޓާސް އިންބުނެއެވެ.

ހޫރިއާ ބަތޫލް ވަނީ އުމުރުން 19 އަހަރުގައި 2016 ވަނަ އަހަރު ޗާޓަޑް އެކައުންޓެންޓެއް (ސީއޭ) އަކަށް ވުމުގެ ފާހަގަކޮށްލެވޭ ކާމިޔާބީ ހާސިލްކޮށްފައެވެ. ނަމަވެސް ގިނިސް ވޯލްޑް ރެކޯޑްސްގެ ފޮތަށް ހޫރިއާގެ ނަން އަރާފައިވަނީ ދާދިފަހުންނެވެ.