އެމެރިކާއަށް ބޭސްކޮޅަކަށް ވަޑައިގެން ހުންނެވި ކުވެއިތުގެ އަމީރު ސަބާޙުލް އަހްމަދު އަލްޖާބިރު އައްސަބާހް މިއަދު އަވަހާރަވެއްޖެއެވެ.

ނުރަސްމީ ޚަބަރުތައް ބުނާ ގޮތުން އަމީރު އަވަހާރަވީ މިއަދު މާލޭ ގަޑިން ހަވީރު 4 ޖެހިއިރު، އެމެރިކާ ގަޑިން ފަތިހު 4 ޖެހި އިރުއެވެ.

މި ވާހަކަ މީޑިއާގައި ދައުރުވާތާ ބައިގަޑިއެއްހާ އިރުފަހުން ޓީވީ ޕްރޮގްރާމުތައް މެދު ކަނޑާލައި ޓީވިއާއި ރޭޑިއޯގައި ގުރުއާން ޖަހަން ފެށިއެވެ. އަދި ސިފައިންގެ ރިޒާވް ފޯސްވެސް ރައްކާތެރި ފިޔަވަޅެއްގެ ގޮތުްނ ނެރުނެވެ.

އުމުރުން 90 އަހަރުގައި އަވާހަރވި އަމީރަކީ ސިޔާސީ ތަޖުރިބާ ކާރެކެވެ. ސަރަހައްދީ މައްސަލަތަކުގައި އަރަބި ލީޑަރުންގެ ޚިޔާލު އެއް ގޮތް ކުރެއްވި ބޭފުޅެކެވެ.

އެއަށް ފަހު ގަނޑުވަރުން އަމީރު އަވަހާރަވިކަން އިޢްލާން ކޮށް ދިދަތައް ބައިދަނޑިއަށް ތިރިކުރިއެވެ.

އަމީރު ޞަބާހަކީ ރާއްޖެއާވެސް ވަރަށް ރަޙުމަތްތެރި ބޭފުޅެކެވެ.

މާތްﷲ އަމީރުގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރައްވައި އާއިލާއަށް ކެތްތެރިކަން ދެއްވާށި.