ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)އަށް މެންބަރަކު އައްޔަން ކުރުމަށް 3 ނަމެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

ސީއެސްސީ އަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލި ފަރާތްތަކުގެ ތެރެއިން އެ ކޮމިޝަނަށް އައްޔަން ކުރެއްވުމަށް ރައީސް ޑރ މުއިއްޒު ވަނީ ތިން ބޭފުޅެއްގެ ނަން ހުށަހަޅުއްވާފައެވެ.

އެމަނިކުފާނު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވަނީ

  • އަބްދުލް ހަސީބު އިސްމާއިލް - ދަފްތަރު ނަންބަރު ރސ، 7505
  • ފާތިމަތު ހަބީބާ - ދަފްތަރު ނަންބަރު ރސ، 9472
  • މަރިޔަމް ޝާހިދާ - މއ. ފޮރެސްޓް

ސީއެސްސީ އަށް މެންބަރަކު އައްޔަން ކުރެއްވުމުގެ މައްސަލަ ދިރާސާ ކުރުމަށް، މަޖިލީހުގެ ރިޔާސަތުން ވަނީ އެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވުމަށް ފާސްކޮށްފައެވެ.

ސިވިލް ސާވިސް ކޮމިޝަނަށް މެންބަރަކު އައްޔަން ކުރައްވަނީ އެ ކޮމިޝަނުގެ މެންބަރެއްގެ ގޮތުގައި ހުންނެވި ފާތިމަތު އާމިރާގެ މަގާމުގެ މުއްދަތުހަމަވުމާ ގުޅިގެންނެވެ.