މަކަރާއި ހީލަތުގެ ތެރެއިން އޮޅުވާލައިގެން މީހެއްގެ އެކައުންޓުން 200,0000 ރުފިޔާ ބަޔަކު ނަގައިފިއެވެ.

ފުލުހުން ބުނީ 2 ލައްކަ ރުފިޔާ އެކައުންޓް ނަގާފައިވަނީ ފްލެޓެއް ލިބިއްޖެކަމަށް ބުނެ އެޗްޑީސީގެ ނަމުގައި އޮޅުވާލައިގެންކަމަށެވެ. އަދި މިމައްސަލަ ރިޕޯޓުކޮށްފައިވަނީ މީގެ އެއްދުވަސް ކުރިން ގއ.ވިލިނގިލީގައިކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން ބުނީ މިމައްސަލަ ތަހުގީގުކުރަމުންދާކަމަށެވެ ނަމަވެސް މިކަމާގުޅިގެން މިހާތަނަށް މީހަކު އަދި ހައްޔަރުކޮށްފައެއް ނުވާ ކަމަށްވެސް އެފަރާތުން ބުނެފައިވެއެވެ.

މަކަރާއި ހީލަތުން ފައިސާ ފޭރުމުގެ މައްސަލަތައް އިތުރުވުމާއި ގުޅިގެން އެކަމަށް ސަމާލުވުމަށް އެކި އިދާރާތަކުން ގެންދަވަނީ ތަކުރާރުކޮށް އިލްތިމާސްކުރައްވަމުންނެވެ.