ފެނަކަ ކޯޕްރޭޝަން ލިމިޓެޑުގެ ޓެކްނިކަލް ދާއިރާގެ މުވައްޒަފުން އިތުރަށް ތަމްރީނުކުރުމަށް މޯލްޑިވްސް ޕޮލިޓެކްނިކާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ..

ފެނަކަ ހެޑް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ފެނަކައިގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ހުސައިން ޒުހުރީ އެވެ.

ޕޮލިޓެކްނިކްގެ ފަރާތުން ސޮއިކުރެއްވީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޒޫޝާން ކަމާލުއްދީނެވެ.

ރަސްމިއްޔާތުގައި ފެނަކައިގައި ތިބި 6900 މުވައްޒަފުންގެ ތެރެއިން 2799 މުވައްޒަފުންނަކީ ޓެކްނިކަލް ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުން ކަމަށް ޒުހުރީ ވިދާޅުވިއެވެ. ހަމައެހެންމެ 20 ޕަސެންޓް މީހުންނަކީ ސީ-3 ލެވެލް ފެންވަރުގެ މުވައްޒަފުން ނަމަވެސް އެކަން ޔަގީންކޮށްދޭނެ ސެޓްފިކެޓެއް އެ މުވައްޒަފުންގެ އަތުގައި ނެތް ކަަމަށްވެއް ވަޒީރު ވިދާޅުވިއެވެ.

ފެނަކައިން ބުނީ، ޕޮލިޓެކްނިކާއެކު ސޮއިކުރި އެއްބަސްވުމުގެ ދަށުން މަސައްކަތްތެރިކަމުގެ ދާއިރާތަކަށް މީހުން ތަމްރީން ކުރުމާއި ފެނާއި ނަރުދަމާގެ ގާނޫނާއި ކަރަންޓް އުފައްދައި ފޯރުކޮށްދިނުމުގެ ލައިސަންސް ދޫކުރުމާ ބެހޭ ގަވާއިދަށް އެ ކުންފުނީގެ ޓެކްނިކަލް މުވައްޒަފުން ތަމްރީނު ކުރެވޭނެ ކަމަށެވެ.