ލުނބޯ ފެން ބުއިމުން ލިބޭ ސިއްޙީ ފައިދާތަކުގެ ތެރޭގައި ވިޓަމިން ސީ އާއި އެންޓިއޮކްސިޑެންޓްސް ހަށިގަނޑަށް އެއްވަގުތަކު ލިބުން ފާހަގަކޮށްލެވެއެވެ. ހަމައެހެންމެ ހަކުރު އެކުލެވޭ ބުއިންތައް މަދުކުރުމާއި ބަރުދަން ލުއިކުރުމަށް އެހީތެރިވެދިނުމަކީ މީގެ އެންމެ ހާއްސަ އެއްފައިދާކަން ވަނީ ދިރާސާތަކުންވެސް ހޯދައި ޔަގީންކޮށްދީފަައެވެ.

އަބަދުވެސް ހަށިގަނޑަށް ބޭނުންވާ ވަރަށް ފެން ބުއިމަކީ ވަރަށް މުހިންމު ކަމެކެވެ. މިއީ ގިނަ ބަލިބަލިިން ހަށިގަނޑު ސަލާމަތްކޮށްދޭ ކަމެއްވެސްމެއެވެ. ނޭޝަނަލް އިންސްޓިޓިއުޓް އޮފް ޑައިބެޓީސް އެންޑް ޑައިޖެސްޓިވް އެންޑް ކިޑްނީއިން ބުނި ގޮތުގައި ބޮޑެތި މީހުން ދުވާލަކު 6-8 އައުންސް (އޯޒެޑް) ފެން ބޭނުން ކުރަން ލަފާދެއެވެ. ހޫނު ދުވަސްތަކުގައި ޑީހައިޑްރޭޓް ވުމަކީ އާންމުކަމެކެވެ، އެހެންކަމުން ހޫނު ދުވަސްތަކުގައާއި އަދި ހިއުމިޑިޓީ މަތި ދުވަަސްދުވަހު އިތުރަށް ހަށިގަނޑަށް ފެން ބޭނުންވެއެވެ. ލުނބޯ ޖޫސް ނުވަތަ ލުނބޯ ފެނަކީ (ހޫނުފެނުގައި ލުނބޯ) ރޭގަނޑު ނިދުމުގެ ކުރިން ބުއިމުން އަނެއް ދުވަހު ޑީހައިޑްރޭޓް ވުމުން ދުރުކޮށްލަދޭ ހަށިގަނޑަށް ތާޒާކަން ލިބިގެންދާނެއެވެ.

ލުނބޮލަކީ ވިޓަމިން ސީ އެކުލެވިގެންވާ އިރު އެންޓިއޮކްސިޑެންޓެއްވެސް މެއެވެ. މިއީ ހަށިގަނޑުގައި އިންފްލެމޭޝަން ޓްރަސްޓްޑް ސޯސް އުފައްދައި، ގިނަ ބަލިތަކަށް މަގުފަހިކޮށްދޭ ފްރީ ރެޑިކަލް ސެލްތަކުން ރައްކާތެރިކޮށްދިނުމަށް އެހީތެރިވެދޭ އެއްޗެކެވެ.

ލުނބޯ ފެން ބުއިމަކީ ބަރުދަން ލުއިކުރުމުގެ ގޮތުގައި ގިނަ ފަހަރަށް ކާމިޔާބުވެފައިވާ ކަމެކެވެ.

ލުނބޯ ޖޫހަކީ ކަށީގެ ވަރުގަދަކަމާއި މުޅި ސިއްހަތު އިތުރުކޮށްދޭ އެއްޗެއް ކަމުގައި ވިޔަސް ވިސްނުންތެރިކަމާއެކު އެ ޖޫސް ބުއިމަކީ މުހިންމު ކަމެކެވެ. ލުނބޯ ފެނަކީ ހެނދުނު އެންމެ ފުރަތަމަ ބުއިމެއްގެ ގޮތުން ބޭނުން ކުރުން މުހިންމެވެ. ސަބަބަކީ އިންސާނާގެ ހަށިގަނޑަށް މި ލުނބޯޖޫހުން، ނުވަތަ ލުނބޯ ފެނުން ފައިދާތައް ލިބިދިނުމަށް މަގުފަހިވާ އެއް ވަގުތަކީ ހެނދުނެ ކަމަށްވާތީއވެ.

އެހެނީ ހެނދުނު ނިދިން ހޭލައިގެން "ބެޑްކޮފީ، ބެޑްޓީ" ގެ ބަދަލުގައި "ލުނބޯޖޫސް/ލުނބޯފެން" ބޭނުން ކުރުމުން ބަނޑުހިންދުމާއި ބަނޑުހަރުވުމާއި ބަރުދަންލުއި ކުރުމަށްވެސް މަގުފަހިވެދާކަމަށް ދިރާސާތަކުން ދައްކައެވެ. އަދި މި ބޭނުން ކުރަން އެންމެ ރަނގަޅީ ހެނދުނު ހައިބަނޑާ ހުރެކަމަށްވެސް ދިރާސާ ރިޕޯޓުތަކުން ބުނެއެވެ.

(މައުލޫމާތު: ހެލްތުލައިން/މާޔޯކްލިނިކް)